https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

13 އަހަރުގެ ކުއްޖާ މަރާލި ޒިހާންގެ ޝަރީޢަތް މިިިިިއަދު އޮންނާނެ- ކްރިމިނަލް ކޯޓު

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 26, 2021
  • 1 min read

ރަޙްމުކުޑަ ގޮތަކަށް މަރާލައިފައި ހުޅުމާލޭ 2 ވަނަ ފިޔަވައްސާއި ދިމާ މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނު ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ ނ.ލަންދޫ/ބަގީޗާގޭ އިބްރާހިމް ޒިހާންގެ ޝަރީޢަތް މިިިިިއަދު އޮންނާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.


ޢުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ މައްޗަށް 13 ދަޢުވާއެއް އުފުލާފައިވާއިރު، އެ ދަޢުވާތަކުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު ހެނދުނު 11:00 ގައެވެ.


ޒިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:

1.ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.

2.ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ 05 ދަޢުވާއެއް.

3. މަސްތުވާތަކެތި ދީގެން ޖިންސީ ޢަމަލު ހިންގަން އުޅުމުގެ ކުށުގެ ދަޢުވާ.

4.ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ.

5.މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދަޢުވާ.

6.ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.

7.ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

8.ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދަޢުވާތަކެއް.


އެ ދަޢުވާތަކުގެ އިތުރުން ޒިހާންގެ މައްޗަށް އިތުރު 2 ދަޢުވާއެއް ކުރަން ނިންމަވާފައިވާ ކަމަށް ޕީޖީ ޙުސައިން ޝަމީމް ވިދާޅުވެފައިވެއެވެ. އެ 2 ދަޢުވާއަކީ އެހެން މައްސަލައަކާއި ގުޅިގެން ކުރާ 2 ދަޢުވާއެއްކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.


އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދަޢުވާއާއި، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page