މިއޮތީ މިއަދު މާލޭގެ ގުދަނަކުން ފެނުން ހަރުފަގެ ވީޑިޔޯ
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read

މިއަދު ފެނުނު މާލޭގެ ގުދަނަކުން ހަރުފައެއް ސިފައިންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.
ފުލުހުންނާއި ހަވާލާދީ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަރުފަ ފެނުނީ މާލޭގެ މާފަންނުގައި ހުރި ގުދަނެއްގެތެރެއިންނެވެ.
ހަރުފަގެ ވީޑިޔޯ ބެލުމަށް ތިރީގައި މިވާ ލިންކަށް ފިއްތާލާށެވެ.
ބެލެވޭ ގޮތުގައި އެއީ ”ބާމީސް ޕައިތަން“ ކިޔާ ވައްތަރުގެ ވިހަގަަދަ ހަރުފައެވެ. މި ވައްތަރުގެ ހަރުފައަކީ ގާތްގަނޑަކަށް 16 ފޫޓަށް ދިގުވާ ހަރުފައެކެވެ. މި ބާވަތުގެ ދިރޭ ތަކެއްޗަކީ ރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއްސެވެ. ނަމަވެސް ބައެއް ފަރާތްތަކުން ޤަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެކޮށްގެން ގެންގުޅޭކަން ފާހަގަކުރެވިފައިވެއެވެ.






Comments