ރަން ފާހަނަތަށި އިނުމުން ރައީސް ނަޝީދަށް ކުރިން (ތީމުގެ) ގޯސް މިހާރު ރައީސް ޞޯލިހަށް އޯކޭ!
- Goal mv
- Jun 22, 2021
- 1 min read

އޭރަކު ހުންނަވާ ރައީސަކު ހުންނެވުމަށް ސަރުކާރުން އިމާރާތްކުރި ރަސްމީގެކޮޅު (ތީމުގެ) ކުރިން ގޯސް މިހާރު އޯކޭ!

ރާއްޖެ އަށް މިހައިތަނަށް ކުރިމަތިވި، އެންމެ ނުރައްކާތެރި އެއް ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހެވެ. އެއީ ދިވެހިންގެ ތެރެއިން ބަޔަކާ އެކު ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަަތެއްގެ މީހުން ހަތިޔާރާ އެކު މާލެ އަރައި، އޭރު އޮތް ސަރުކާރު ވައްޓައިލަން ހަނގުރާމަ ކުރި ދުވަހެވެ.



ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމާ ހަމައަށް ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރެއްވި ތީމުގެ، މިހާރު ފެންނަން މިހުުރި ފެންވަރަށް އަލުން އިމާރާތްކުރީ އެ ހާދިސާ އަށް ފަހުގަ އެވެ. އެތަން އިމާރާތްކުރުމުގައި، އޭރުގެ ސަރުކާރުގެ ވިސްނުން ގެންގުޅޭނެ ގޮތް މިކަމުން ވެސް ދޭހަވެ އެވެ. ޔަގީންވާ ކަމަކީ އެ ދުވަސްވަރުގައި ރައީސަކު ދިރިއުޅުއްވާ ތަނެއް އިމާރާތް ކުރާ ނަމަ އެންމެ ބޮޑު އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.




ތީމުގޭގެ ފެންވަރު ރަނގަޅު ކަމުގެ ވާހަކައަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަން ނިންމަން ނުކުތް އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ގިނައިން ދެއްކި އެއް ވާހަކަ އެވެ. ރާއްޖޭގައި ފުރަތަމަ އުފެއްދި އިދިިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުކުތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މައުމޫނަށް އެންމެ ބޮޑަށް ފާޑުކީ ކަންކަމުގެ ތެރޭގައި ތީމުގޭގެ ކަންތައް ހިމެނެއެވެ.





އެމްޑީޕީން އޭރު ބުނަމުން ދިޔައީ ރާއްޖޭގެ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ފެންވަރު އޭރު ހުރި ގޮތަށް ބަލާއިރު، އެ ފެންވަރުގެ ގަނޑުވަރެއްގައި ދިރިއުޅުއްވަން، ރައީސެއްގެ ހައިސިއްޔަތުން މައުމޫނު ލަދުފުޅުގެން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެހެންވެ، 2008 ގައި ރައީސް މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވަން ޚިޔާރު ކުރެއްވީ މުލިއާގެއެވެ. އަދި ތީމުގެ ރައްޔިތުންނަށް ބޮޑުސަބީދައްލާހި އެޅުވުމަށް ފަހު މަތީ ކޯޓުތަށް އެތނަށް ބަދަލުކުރިއެވެ.






މުގެ އަލުން ބިނާކުރީ 1988 ވަނަ އަހަރުގެ ހަމަލާ އަށް ފަހު، ރާއްޖެ އަށް ވަަޑައިގެންނެވި މާހިރުން ސަލާމަތީ ގޮތުން ދެއްވި ލަފަޔާ އެއްގޮތަށެވެ. ތަޖުރިބާކާރުން ވިދާޅު ވަނީ ރައީސަކު ހުންނަވަން ރާއްޖޭގައި އަދި ވެސް ރަނގަޅީ އެތަން ކަމަށެވެ.







Comments