ޤާނޫނާއި ޚިލާފަށް ހެކިބަސް ނެގުމުން މަހުލޫފްގެ މައްސަލަ އަނބުރާ ފޮނުވައިލައިފި
- ޙުސައިން އަޙުމަދު

- Jun 19, 2021
- 1 min read
Updated: Jun 19, 2021

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލައިފިއެވެ.
މި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީ ޤާނޫނީ ބޮޑެތި މައްސަލަތަކެއް ހުރުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެ ގޮތުން މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކުގެ ހެކިބަސް ނެގީ ޤާނޫނާއި ޚިލާފަށްކަން ވެސް އެނގިފައިވެއެެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ ފާއިތުވި ބުރާސްފަތި ދުވަހުއެވެ. ރަސްމީ އިދާރާއެއްގެ ބަހެއް
މިކަމާ ގުޅިގެން އަދި ލިބޭގޮތްވަނީ ނުވެފައެވެ.
ޚިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވީ މި މަހުގެ 09 ގައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މަހުލޫފު މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.
މަހުލޫފުގެ މައްޗަށް ދަޢުވާކުރަން ފޮނުވީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނު ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ހަމަ އެހެންމެ މަހުލޫފު ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތަތީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 521 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވަނީ އެދިއެވެ.






Comments