https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރަހީނުކޮށް މަރާލި ކުއްޖާގެ ޕޯސްޓު މޯޓަމް ހަދަން ނިންމައިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 22, 2021
  • 1 min read


ރަހީނު ކުރުމަށް ފަހު މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުއްޖާ މަރުވި ގޮތް ބެލުމަށް ޕޯސްޓު މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.


ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގައެވެ. ގދ. މަޑަވެލި އަށް ނިސްބަތްވާ އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާ މޫދުން ފޮށްޓެއްގައި އޮއްވައެވެ. އޭރު އެ ކުއްޖާ އޮތީ މަރާލާފައެވެ.


މިއަދުގެ ވަގުތެއްގައި ހަށިގަނޑު އިންޑިއާ އަށް ގެންދަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ކުއްޖާގެ އާއިލާ އިން ބުނެއެވެ.


މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި ދެ މީހުންނަކީ ކުއްޖާގެ ދެ އެކުވެރިން ކަމަށްވެއެވެ. މިކަމުގެ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.


ކުއްޖާގެ މަރާ ގުޅިގެން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފައެވެ. މި ވަގުތު އެ ކުއްޖާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗްގައެވެ. ގިނައިރުތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން ކުއްޖާގެ ސިފަވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.


ކުއްޖެއްގެ ފުރާނަ ގަސްތުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.



Comments


  • White Facebook Icon

@goal.mv2021

bottom of page